ads
ބީއެމްއެލްގެ މައި އޮފީސް
ބީއެމްއެލްއިން ފުރަތަމަ ހަ މަސްދުވަހު 478 މިލިއަން ޑޮލަރު ވިއްކައިފި
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 478 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
Advertisement

ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް އިސްކަންދޭކަން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފަ އެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެކަނިވެސް 166 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311،722 ރެމިޓެންސް މުއާމަލާތް ހިމެނެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިންގި 261،168 މުއާމަލާތާ އަޅައިބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.

"މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާ އެކު ވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަދަދުތަކަށް ބަލާއިރު، ބީއެމްއެލްއިން ވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ވިއްކާފަ އެވެ. ބޭންކުން ބުނި ގޮތުގައި މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖަށް ވުރެ 30 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށް ވުރެ ދެ ގުނަ އިތުރު އަދަދަކަށް ވާއިރު، 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު މިއީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.

މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ބޭންކުން ފާހަގަކުރެ އެވެ.

ބީއެމްއެލްއިން ބުނީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެ ބޭންކުން ދަނީ ޑިޖިޓަލް ހިދުމަތްތަކަށާއި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި ގެދޮރުވެރިކަމުގެ ފައިނޭންސިން ފުރުސަތުތައް ފުޅާކުރުމާއި، މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުމާއި، ބައިނަލްއަގުވާމީ ދަރަނީގެ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުން ހިމެނޭކަން ބީއެމްއެލްއިން ފާހަގަކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;