ފުލުހުން ބުނީ ހުޅުމާލޭގައި މި މަހުގެ 26 ވަނަ ދުވަހު އެ ފައިސާ އޮތް ވޮލެޓް، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގދ. ވާދޫ އަތަމާގޭ އިޖާޒް ނަސީރު، 40، ކަމަށެވެ.
އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރު ނަމަވެސް އެ މީހާ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ މައްސަލާގައި ހައްޔަރު ކުރި އިޖާޒުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ބިދޭސީ މީހާގެ އަތުން ފޭރުނު ވޮލެޓާއި ފައިސާ ހޯދާފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;