ads
ހުޅުމާލޭގަައި އަލަށް އިމާރާތްކުރި މެންހެޓަން ގްރޭންޑް ހޮޓެލް - ފޮޓޯ/މެންހެޓަން
އެޗްޕީއޭގެ މައި އޮފީހާއި ހިދުމަތްތައް ހުޅުމާލޭގެ މެންހެޓަން ހޮޓެލަށް
ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ހުރިހާ ހިދުމަތެއް ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.
Advertisement

އެޗްޕީއޭއިން ބުނީ އެ އިދާރާގެ ހިދުމަތްތައް މިއަދުން ފެށިގެން ދޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ. 

އެހެންކަމުން މިހާތަނަށް އެޗްޕީއޭއިން ހެލްތު މިނިސްޓްރީއާއި ކާބޯތަކެއްޗާއި އަދި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ) ވެސް ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގައި ދެމުން ދިޔަ ހުރިހާ ހިދުމަތެއް ދެން ލިބޭނީ މެންހެޓަން ގްރޭންޑް ހޮޓަލުންނެވެ. އެ ތަން ހުންނާނީ ވެމްކޯ ހުޅުމާލޭ އޮފީހާ ޖެހިގެންނެވެ.

ވުމާއެކު ހިދުމަތްތައް މެންހެޓަން ގްރޭންޑު ހޮޓަލަށް ބަދަލުކުރި ފުރަތަމަ އިދާރާއަކީ އެޗްޕީއޭ އެވެ.

"މި ބަދަލާ އެކު މި އެޖެންސީން ކުރިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތްތަކެއް މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ މި އެޖެންސީގެ ކައުންޓަރުން ލިބެމުންދާނެ ކަމުގައި ވެސް ދަންނަވަމެވެ،" އެޗްޕީއޭން ނެރުނު އިއުލާނުގައިވެ އެވެ.

އެޗްޕީއޭ މިހާރު ހިންގަނީ ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;