ads
ގެއްލުނު މީހުން ހޯދުުމުގެ މަސައްކަތުގައި ކޯސްޓްގާޑް ޑައިވަރުން
ކޮޅުވެއްޓި އަޑިޔަށްދިޔަ ތަންވެސް ބަލައިފި، ގެއްލުނު މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓީ އަދިޔަށްދިޔަ ސަރަހައްދުވެސް ޑައިވަރުން ބަަލައިފިކަމަށާއި ގެއްލުނު މީހުން މިހާތަނަށްވެސް ފެނިފައިވާ ނުވާކަމަށްް އެމްއެންޑީއެފުން ބުނެފިއެވެ.
Advertisement

ރިލަފުށިން ފުރައިގެން ދަނިކޮށް މިދިޔަ ހުކުރު ދުވަހު ހެނދުނު މާލެ އަތޮޅު ގާފަރު ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން 10 މީހުން ދަތުރުކުރިއެވެ. އޭގެތެރެއިން 8 މީހަކު ކަނޑުމަތިން ސަލާމަތްކޮށްފައިވާއިރު ދެ މީހަކު ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީންނެވެ.  

އެމްއެންޑީއެފްއިން ބުނީ ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްގެންދާއިރު، ކަނޑާއި ވައިގެމަގުން މިއަދުވެސް ވަނީ ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށެވެ. 

your imageމިދިޔަ ހުކުރު ދުވަހު ބަންޑުން ޖަހާލި ކޮޅުވެއްޓި

އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައި ވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން ވަނީ އެލްސީވީ އަޑިޔަށްދިޔަ ސަރަހައްދުވެސް ޑައިވްކޮށްގެން ބަލާފައިކަމަށް އެ އިދާރާއިން ބުނެއެވެ.

މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓާ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފުން އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;