ކަންގަނާ ބުނި ގޮތުގައި މިފަދަ ހާދިސާތަކުން ފެންނަނީ ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އިތުރަށް ސަމާލުވާންޖެހިފައިވާ މިންވަރެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ކަންގަނާ ބުނީ، އެ ކުއްޖާ މާފަށް އެދެމުން ކުރިން ދުވަހަކުވެސް މޯދީއާ ދެކޮޅަށް އެއްޗެއް ބުނެފައި ނުވާނެ ކަމަށާއި އެ ދުވަހު މުޒާހަރާއަށް ދިޔައީ ރައްޓެހިންނާއެކު ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެހެން މީހުންގެ ނުފޫޒުގެ ދަށުވެ، ކުދިން މަގުއޮޅެމުންދާ ކަމަށް ބުނެ، ހައްދުފަހަނައެޅި ފިކުރުތަކުން ކުދިން ރައްކާތެރިކުރުމަށް ބެލެނިވެރިންނަށް ކަންގަނާ ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އާ ޖީލުގެ ކުދިންނަށް ރަނގަޅު މަގު ދެއްކުމާއި ސުލޫކީ ގޮތުން ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ މުޅި މުޖުތަމައުގެ މަސްއޫލިއްޔަތެއް ކަމަށް ކަންގަނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށް މައިންބަފައިން ހޭލުންތެރިވެ، ކުދިންނަށް ރަނގަޅު އިރުޝާދު ދިނުން މުހިންމު ކަމަށްވެސް އޭނާ ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;