ads
އީމާ މުހައްމަދު
މިސް ވޯލްޑް 2026: ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އީމާ މުހައްމަދަށް
މިސް ވޯލްޑް 2026 މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު މަރިޔަމް އީމާ މުހައްމަދު ހާސިލުކޮށްފައެވެ. އޮގަސްޓު މަހުގެ ތިންވަނަ ދުވަހު ބޭއްވި ހަފްލާގައި އީމާ ވަނީ މިސް ވޯލްޑް ރާއްޖެ 2026 ގެ ތާޖު ކާމިޔާބުކޮށްފަ އެވެ.
Advertisement

މިއީ މިސް ވޯލްޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ފަހަރެވެ.

އުމުރުން 23 އަހަރުގެ އީމާއަކީ މޮޑެލްކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު މޮޑެލެކެވެ. 2000 ވަނަ އަހަރު ރާއްޖެއިން ވަނީ 50 ވަނަ މިސް ވޯލްޑް މުބާރާތް ކޯ-ހޯސްޓުކޮށްފައެވެ. ނަމަވެސް، އެ މުބާރާތުގައި މީގެ ކުރިން ރާއްޖޭގެ ރަސްމީ ބައިވެރިއަކު ވާދަކޮށްފައެއް ނުވެއެވެ. އީމާގެ މި ކާމިޔާބީއާއެކު ރާއްޖެއަށް މި ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވެއެވެ.

އީމާ ރާއްޖެ ތަމްސީލުކުރުމަށް ހަމަޖެހިފައިވަނީ ވިއެޓްނާމްގައި އޮންނަ 75 ވަނަ މިސް ވޯލްޑް ފެސްޓިވަލްގައެވެ. މި މުބާރާތް ކުރިއަށްދާނީ އޮގަސްޓު މަހުގެ 9 އިން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ރާއްޖޭގެ ނަން ފާހަގަކޮށްލެވޭނެ މުހިންމު ފުރުސަތެކެވެ.

22%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;