ads
އެމްޑީޕީން މީގެކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އެމްޑީޕީގެ މުޒާހަރާ 13 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި
ތަކެތީގެ އަގު އުފުލޭތީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަން ބުނި މުޒާހަރާ އޯގަސްޓު 13 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި އެވެ.
Advertisement

"ދަތިވެއްޖެ" ނަމުގައި ބާއްވާ މި މުޒާހަރާ ބައްވަން ކުރިން އެމްޑީޕީން ނިންމީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރު އެވެ. އެ މުޒާހަރާ ފެށެނީ އެދުވަހު 16:30 ގައި ސޯޝަލް ސެންޓަރު ކައިރިންކަމަށްވެސް އެމްޑީޕީން ކުރިން ބުނި އެވެ. 

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކުރީގެ ނައިބުރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ އޯގަސްޓު 12، 13 އަކީ އަނިޔާވެރި ޒަމާންވީ ވެރިކަމެއް ބަދަލުކުރެވިދާނެކަން ދިވެހިރައްޔިތުންނަށް ހާމަކޮށްދިން ތާރީހު ކަމަށެވެ.

އެގޮތުން މި އަހަރުގެ އޯގަސްޓު 12،13 އާ ކުރިމަތިލާއިރު، މިހާރު މި އޮތް ވެރިކަން ބަދަލުކުރުމުގެ ހާލަތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރަން ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޒާހަރާގައި މީހުން ބައިވެރިވުމަށް އެދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ބާޒާރުގައި މިހާރު ތަކެތީގެ އަގުތައް ހުރި މިންވަރު އަންގައިދޭ ލިސްޓެއް އާންމުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;