ކައިޒީން އޭނާގެ ކޮއްކޮއަށް ދިން މި އަގުބޮޑު ހަދިޔާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ކައިޒީން އޭނާގެ ކޮއްކޮ ގޮވައިގެން އެޕާޓްމެންޓަށް ވަދެ، އެތަނުގެ ސޯފާގައި ތިބެގެން އެޕާޓްމެންޓުގެ ރަސްމީ ލިޔެކިޔުންތައް ކޮއްކޮއާ ހަވާލުކުރެ އެވެ.
ކޮއްކޮގެ އުފަންދުވަހާ ގުޅުވައިގެން ކައިޒީން ދިން މި އެޕާޓްމެންޓަކީ ހުޅުމާލެ ފޭސް 2 ގެ ހުޅަނގު ފަރާތުގައި ތަރައްގީކޮށްފައިވާ "ބޭފެންސީ ރެސިޑެންސް" އިން ގަނެދީފައިވާ ތަނެކެވެ. ނަމަވެސް މިއީ ކިތައް ކޮޓަރީގެ އެޕާޓްމެންޓެއްކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ކުރިންވެސް ކޮއްކޮއަށް އަގުބޮޑު ކާރެއް ހަދިޔާކޮށްފައިވާ ކައިޒީންގެ މި އާ ހަދިޔާއާއެކު، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފަ އެވެ. އަދި ކޮއްކޮއަށް ދެމުންދާ މިފަދަ ބޮޑެތި ހަދިޔާތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;