އަވަސް މެދުވެރިކޮށް ހުޅުވި އުރީދޫ އެކްސްޕްރެސް ޝޮޕަކީ، ހިދުމަތް ދޭ ވަސީލަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހައިން ގުޅުންބަދަހިކޮށް ތިބެވޭނެ ގޮތް ހެދުމަށް އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީގެ ބައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަވަސްއާއެކު ވެވުނު މި ބައިވެރިވުމުގެ ސަބަބުން، އަވަސް އެޕް މެދުވެރިކޮށް ލިބޭ ޑިޖިޓަލް ހިދުމަތްތަކުގެ ފަސޭހަކަމާއި، އާ އެކްސްޕްރެސް ޝޮޕުން ލިބޭ އަމަލީ އެހީތެރިކަން އެއްކޮށްލެވި، ކަސްޓަމަރުންނަށް ކުރިއަށްވުރެ ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށްވެސް ނިޔާޒް ވިދާޅުވި އެެވެ.
ހެންވޭރު ސަލްމާން މިސްކިތް ކުރިމައްޗަށް ވާ ގޮތަށް ހުޅުވި މި އެކްސްޕްރެސް ޝޮޕް ރަސްމީކޮށް އިއްޔެ ހުޅުއްވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަދި ސީއީއޯ ޝާދީ ގަވާސްމީ އާއި އަވަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ޔާނިއު ރަމީޒެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;