ads
ސިފައިންގެ އަސްކަރީ ދައްކާލުމެއްގެ ތެރެއިން
ހަތިޔާރު ބޭނުންކޮށްގެން ހިންގާ ތަމްރީނުތަކެއް ސިފައިން ފަށަނީ
މާދަމާ އިން ފެށިގެން އަންނަ ހުކުރުވަހުގެ ނިޔަލަށް، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ކުރިއަށް ދާނެކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
Advertisement

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަމްރީނުތައް ކުރިއަށްދާނީ މާދަމާ 00:00 އިން ފެށިގެން ހުކުރު ދުވަހު ހެނދުނު 06:00 ގެ ނިޔަލަށް، މާލެ، ހުޅުލެ، ހުޅުމާލެ އަދި ތިލަފުށީގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ.

މި ތަމްރީނުތައް ކުރިއަށްދާ ވަގުތު، ޔުނީފޯމުގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށާއި، ބުރާސްފަތި ދުވަހުގެ 18:00 އިން 19:00 އަށް، ހުޅުމާލޭ ދެވަނަ ފިހަވަހީގެ ފަރުކޮޅުފުށީގައި ކުރިއަށްގެންދާ ތަމްރީނުތަކުގައި ބްލޭންކް ވަޒަނުގެ އިތުރުން ބަޑިބޭސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެއެވެ.

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އާދީއްތަ އަދި ހޯމަ ދެ ދުވަހު ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ތަމްރީނުތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް