ads
އެލްޖީއޭގެ ސީއީއޯ ނިމާލް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެލްޖީއޭ
ޕީއެންސީގެ ނައިބު ކަމަށް ނިމާލް ވެސް ވާދަކުރަނީ
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯކަމުގައި ހުންނެވި މުހައްމަދު ނިމާލް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން މިއަދު އިއުލާން ކުރައްވައިފި އެވެ.
Advertisement

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނިމާލް ވިދާޅުވީ ޕީއެންސީގެ ކުރިއަށްއޮތް ފަސް އަހަރުގެ ދައުރަށް ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު ވެސް ޕީއެންސީގެ ހަ ބޭފުޅަކު ވަނީ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

  • އަސްމާގެ ދަރިކަލުން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް

  • ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

  • ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

  • ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ (ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު)

  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ނިމާލް ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބު، ރައީސް މުއިއްޒަށް ކާމިޔާބުކޮށް ދިނުމުގައި އެ ޕާޓީގެ މެމްބަރުންނާ އެކު މަސައްކަތް ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަދި ސިޔާސީ ބޭނުމަށާއި އެހެން ކަމަކަށް ވެސް ދޮގެއް ނުހަދާނެ ކަމަށާއި އެގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.  

ޕީއެންސީގެ އަސާސީ ގަވާއިދުގައި، ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބުކުރަން ޖެހޭނެ ކަމަށް އޮންނައިރު މިހާތަނަށް 8 ބޭފުޅަކު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާތީ ކޮންގްރެސްގައި ވޯޓަކަށް ދާން ޖެހެނޭ އެވެ.

އަންނަ މަހު އޮންނަ ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ. އެގޮތުން:

  • ޕީއެންސީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕީއެންސީގެ ވެރިކަމެއް އޮންނައިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ

  • ޕީއެންސީގެ ވެރިކަމެއް އޮންނަ އިރު ޕާޓީގެ ޗެއާޕާސަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއް

  • އެހެންވެ އަންނަ ކޮންގްރެސްގައި ޕީއެންސީގެ ރައީސް އާއި ޗެއާޕާސަން އިންތިހާބުކުރަން ޖެހޭ ހާލަތެއް ނެތް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;