ads
ހައިކޯޓް--
ދައުލަތަށް ނެގި ދެ ކިލޯ ރަން އަނބުރާ ދޭން ލަންކާ މީހަކު އެދެފި
ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ދައުލަތަށް ނަގާފައިވާ ދެ ކިލޯގެ ރަން، އަލުން އަނބުރާ ހަވާލުކޮށް ދިނުމަށް ލަންކާގެ ރައްޔިޔަކު ހައިކޯޓްގައި އެފެދި އެވެ.
Advertisement

މި މައްސަލާގައި މި ރަންތައް އަނބުރާ ހަވާލުކޮށްދިނުމަށް އެދިފައިވަނީ މި ރަންތައް ރާއްޖެ އެތެރެކުރި ލަންކާ ރައްޔިތެއް ކަމަށްވާ މުހައްމަދު ސުލައިމްހާން އެ ވެ. މި މީހަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

2023 ވަނަ އަހަރު ދުބާއީއިން ރާއްޖޭގެ މަގުން ލަންކާއަށް ދަތުރު ކުރި މި މިހާ ގެންދިޔަ ރަންތައް ހިފަހައްޓާ މި މީހާގެ މައްޗަށް ދައުލަތުން ވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެ މައްސަލަ ކޯޓުން ނިންމާ އޭނާ އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް އެ ރަންތައް ދައުލަތަށް ނެގުމަށް ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. 

އެ މައްސަލަ އެމީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލާައި ބުނެފައިވަނީ އެ މީހާގެ އެއްވެސް ކުށުގެ ރެކޯޑެއް ކުރިން ނެތްއިރު، އެ ނޫން ގޮތަކަށް ކަނޑައަޅައިފައި އޮތުމާއި މި ފަދަ މައްސަލަތަކުގައި ހިފަހައްޓާ މީހުންނާ އެ މީހާއާ މެދު ތަފާތުކޮށް އަމަލުކޮށްފައިވާކަމަށެވެ. މީގެއިތުރުން އެ އޭނާ މިނިވަން ކުރުމަށާއި، އޭނާ އަތުން އަތުލި ރަން ހަތް ދުވަހުގެ ތެރޭގައި އަނބުރާ ރައްދު ކުރުމަށް އަމުރެއް ނެރެދިނުމަށްވެސް ވަނީ އެދިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;