ads
މީގެކުރިން ބޭއްވި ދީނީ އިލްމުވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި ބާއްވަނީ
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި ބާއްވަން ނިންމައިފި އެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ ކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓްރީގެ ދައުވަތަށް ރާއްޖެ ވަޑައިގެން އުޅުއްވާ ސައޫދީ އަރަބިއްޔާގެ ކިންގް ފަހަދު ޔުނިވާސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސާ ޑޮކްޓަރު މުސްފިރު ބިން އަލީ އަލްގަޙްތާނީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދައުވަތު" މި ތީމްގެ މައްޗަށްކަމަސް މިނިސްޓްރީން ބުނެއެވެ. ޢިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މައުލޫއުތަކަށް ބަހުސް ކުރުމާއި ތަފާތު މައުލޫއުތަކަށް ޢިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުކަމަށް މިނިސްޓްރީން ބުނެ އެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މައުލޫތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައިވާކަން މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;