ފުލުހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުގައި ބުނީ ފުލުހުންނަށް ރިޕޯޓްކުރި ސްކޭމްގެ މައްސަތަކުގެ އަދަދު 3،000 އަރާފައި ވާކަމަށެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 35.1 މިލިއަނަށް އަރާކަމަށާއި މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13.3 މިލިއަން ރުފިޔާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައިކަމަށް ފުލުހުން ބުނެއެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން މީހުން ޖެހިފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކުގަ އެވެ. އެގޮތުން މިފަދަ 1,478 މައްސަލައެއް މިހާތަނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި (އިމްޕަރސަނޭޝަން) 439 މައްސަލަ ހިމެނެ=ޭކަމަށްވެސް ފުލުހުން ބުނެ އެވެ.
މައްސަލަތައް ރިޕޯޓްކުރެވިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް 1,093 މައްސަލަ އަދި ވައިބާ ބޭނުންކޮށްގެން ހިންގާފައިވާ 911 ސްކޭމްއެވެ. އަދި ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިނގާފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;