އުމުރުން 73 އަހަރުގެ ޑައިރެކްޓަރު ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން ވަނީ އޯގަސްޓް 12 ގެ ނިޔަލަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
އެކްޓްރެސް މައްސަލަ ހުށަހަޅަމުން ބުނީ، ފިލްމު ޕްރޮޖެކްޓަކާ ބެހޭގޮތުން ވާހަކަދެއްކުމަށް ކަމަށް ބުނެ ޝަކީލް ނޫރާނީ އޭނާ ގެއަށް ދައުވަތު ދިން ކަމަށެވެ. އަދި ގެއަށް ދިއުމުން މަސްތުވާ އެއްޗެއް ދީގެން ޖިންސީ ގޯނާކޮށް، މައްސަލަ މީޑިއާއަށް ތިލަކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް އެކްޓްރެސް ބުންޏެވެ.
ޝަކީލް ނޫރާނީއަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ބަޅޭ ދިލްވާލާ" އަދި "ޖޯރޫ ކާ ގުލާމް" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް ކުރެވުނު މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ބޮލީވުޑްގެ ގިނަ ބަޔަކަށް ވަނީ ބޮޑު ސޮކެއް ލިބިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;