ads
ކުޅުދުއްފުށި
ފެނަކަ ގޮވައިގެން ކުޅުދުއްފުށީ ކައުންސިލުން ހައިކޯޓަށް
ފެނަކައިގެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
Advertisement

މިއީ، ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ނުހެދުމުން ކައުންސިލްގެ ދައުރު އަދާކުރުމަށް ހުރަސްއެޅޭ ކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް އެ ކޯޓުން ކުރި ހުކުމް މައްސަލައެވެ.

މި މައްސަލައަކީ މިދިޔަ ޖޫން މަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ކައުންސިލުން ފެނަކައިގެ މައްޗަށް ދައުވާކުރީ ލާމަރުކަޒީ ގާނޫނުގައި ރަށެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވާތީއެވެ. އަދި އެ ހިދުމަތް ތިންވަނަ ފަރާތަކުން ފޯރުކޮށްދޭނަމަ އެ ފަރާތަކާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ، އެކަމަށް ހަވާލާދީއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ފެނަކައިން ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެމުންގެންދަނީ އެ ކުންފުނީގެ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުން އެ ކުންފުންޏަށް އެ ޒިންމާ ހަވާލުކުރުމުން ދެމުން އަންނަ ހިދުމަތެއް ކަމަށްވާތީ، އެ ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ސިވިލް ކޯޓުގެ އެ ނިންމުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;