ads
ކެންސަރު ބަލީގެ ފޭކް އިންޖެކްޝަނެއް ރާއްޖޭގައި ވިއްކަނީ
ކެންސަރު ބައްތަށް ފަރުވާދޭން ބޭނުންކުރާ އިންޖެކްޝަނެއްގެ ފޭކް އުފެއްދުމެއް އުޅޭތީ ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދެފި އެވެ.
Advertisement

އެމްއެފްޑީއޭ ބުނީ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި "ނިވޮލުމަބް" އިންޖެކްޝަންގެ ބެޗު ނަމްބަރު: 8081399 ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރު ވެފައިވާކަމަށެ ވެ.

" ވީމާ، މިބޭހުގެ ދެންނެވިފައިވާ ބެޗު، އެއްވެސްގޮތަކަށް ރާއްޖެ އެތެރެކޮށް، ވިއްކާ އަދި ބޭނުން ކުރުމަކީ މަނާކަމެއްކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ." އެމްޑީއޢޭއިން ނެރުނު އެލާޓްގައި ވެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށްވެސް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އެނގިފައިވާ ގޮތުގައި މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަނީ އަމިއްލަ ފަރާތަކުން ނެވެ. އަދި މި އިންޖެކްޝަން އެއްވެސް ބޭސް ފިހާރައެއްގައި ނެތްކަންވެސް ވަނީ އެނގިފަ އެވެ. 

ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނިގެން އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދާދި ފަހުން ވަނީ  އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;