ads
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ކުރާނަން: ފައްޔާޒު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވާދަކޮށް ކާމިޔާބު ކުރާނެކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

2028 ގެ ރިޔާސީ ކެންޑިޑޭޓް ވާދަކުރައްވާނެކަން އިއުލާންކުރައްވާ ފައްޔާޒު ގެންދަވަނީ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ބޮޑު ބަދަކލުގެ ނަމުގައި ސިޔާސަތެއް އެކުލަވާލާ އެއަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވަމުން ނެވެ. 

ބޮޑުބަދަލުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރޭ "އަސްލު ޓީވީ"ގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އޭނާ ގަދަވެ ހެޔޮހާލުގައި ހުރެއްޖެނަމަ 2028ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރާނެ ކަމަށެވެ. އެހެންނަމަވެސް ގައުމުގެ ހާލަތަށް ރިޔާއަތްކޮށް، ގައުމަށާއި އަދި ޕާޓީއަށް އެންމެ ރަނގަޅު ގޮތް ހޯދަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް އެންމެ ފުރަތަމ އެއްބާރުލުން ދޭނެ މީހަކީވެސް އޭނާކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

" އެހެން ނޫނީއްޔާމު އަޅުގަނޑު ހަމަ އިރާދަފުޅުކުރެވިއްޔާ މީގައި ވާދަކޮށް، (އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ) އިރާދަފުޅުކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާހަކަތައް ފެށިފައިވާއިރު އެ ޕްރައިމެރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއއުލާން ކޮށްފައިވަނީ ފައްޔާޒު އެކަންޏެވެ. އެހެންނަމަވެސް ޕާޓީގެ ރައިސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ރިޔާސީ ޕްރައިމެރީގައި ވާދަކުރަން މަސައްކަތް ކުރާކަމަށް ވަނީ އަޑު ފެތުރިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;