މި މައްސަލަ ކޯޓަށް ހުށަހެޅީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އިންޑިއާގެ އާގްރާ ކޯޓަށް މި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލެއް ކަމަށްވާ ރާމް ޝަންކަރް ޝަރުމާއެވެ. ކަންގަނާ ދެއްކި ވާހަކަތަކެއްގައި ޒުވާނުންނަށް ނިސްބަތްކޮށް "ގަޓަރު ޖެނެރޭޝަން" ކިޔާފައިވާތީ، އެއީ ގައުމުގެ ޒުވާނުންގެ އަބުރަށް އަރައިގަތުން ކަމަށް ވަކީލު ފާހަގަކުރި އެވެ.
މި މައްސަލައިގައި ވަކީލު ބުނީ، ކަންގަނާ ބޭނުންކުރި ބަސްމަގުގެ ސަބަބުން މުޖުތަމައުގެ އަމަންއާމާންކަމަށް އަސަރުކޮށް، ގައުމުގެ އާބާދީގެ ބޮޑު ބަޔަކަށް ނުބައި މެސެޖެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ދެއްކުމަކީ ގައުމުގެ މަޖިލީސް މެންބަރަކަށް އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.
އެހެންކަމުން، ކަންގަނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، އޭނާއާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައިދިނުމަށް އެދި ވަކީލު ވަނީ ކޯޓުގައި އެދިފަ އެވެ. މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމުމަށްޓަކައި އަޑުއެހުމެއް ބޭއްވުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.
ކަންގަނާއަކީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު އެކި މައްސަލަތަކުގައި އަބަދުވެސް ހިޔާލުފާޅުކޮށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާ އަންހެނެކެވެ. މީގެ ކުރިންވެސް އޭނާ ދެއްކި ބައެއް ވާހަކަތަކާ ގުޅިގެން ގާނޫނީ ތަފާތު މައްސަލަތައް ކުރިމަތިވެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;