ads
ޔޫއޭއީގެ ރައީސް އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު
ތަރައްގީގެ ދާއިރާތަކުން ގުޅުން ބަދަހިކުރަން ޔޫއޭއީއާ މަޝްވަރާކޮށްފި
ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހު މުހައްމަދު ބިން ޒާއިދު އަލް ނަހްޔާން މިއަދު މަޝްވަރާކުރައްވައިފި އެވެ.
Advertisement

މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސް މުއިއްޒު، ޔޫއޭއީގެ ރައީސަށް މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ވަކިން ހާއްސަކޮށް، އިގުތިސާދީ އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މި މަޝްވަރާތަކުގައި ބާރުއަޅުއްވާފައިވެ އެވެ.

ދެ ޤައުމުގެ ލީޑަރުން ވަނީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ތަރައްގީގެ ބައިވެރިވުން ފުޅާކުރުމަށާއި، ދެ ގައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެ އިތުރުން، ދެ ގައުމުންވެސް ޝައުގުވެރިވާ ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުހިންމު ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވައި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޔޫއޭއީއަކީ ގަލްފު ގައުމުތަކުގެ ތެރެއިން ވިޔަފާރީގެ ދާއިރާއިން ރާއްޖެއާ އެންމެ ބަދަހި ގުޅުމެއް އޮންނަ އެއް ގައުމެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޭނުންވާ ގިނަ ބާވަތްތައް އެގައުމުން އިމްޕޯޓްކުރާ އިރު ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގައި ވެސް އެއީ މުހިއްމަު ދައުރެއް އަދާކުރާ ގައުމެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;