ads
ގޯވިންދާ އޭނާގެ އާ ފިލްމު "ރޫޕާ" ގެ ޕްރޮމޯޝަންގެ ކަންކަމުގައި އާ ބަތަލާ ކޯމަލް ރާނީ ސުވަރްނަކާރް އާއެކު
އަންހެން ދަރިފުޅު އުމުރުގެ ކުއްޖަކާއެކު އުޅޭތީ ގޯވިންދާއަށް އަނބިމީހާގެ ފާޑުކިޔުން
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ އޭނާގެ އާ ފިލްމު "ރޫޕާ" ގެ ޕްރޮމޯޝަންގެ ކަންކަމުގައި އާ ބަތަލާ ކޯމަލް ރާނީ ސުވަރްނަކާރް އާއެކު އުޅޭތީ އޭނާގެ އަނބިމީހާ ސުނީތާ އަހޫޖާ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެ ވެ.
Advertisement

ސުނީތާ ވަނީ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ޕްރޮމޯޝަންގެ މަސައްކަތް ކުރަމުންދާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސުނީތާ ބުނީ ފިލްމެއްގެ ޕްރޮމޯޝަން ހިންގަންޖެހޭނީ ފިލްމުގެ އުފެއްދުމުގެ މަސައްކަތް ނިމުމުން ކަމަށެވެ. އަދި އަންހެން ދަރިފުޅުގެ އުމުރުގެ ކުއްޖަކާއެކު ފިލްމު ނުއުފައްދަނީސް ޕްރޮމޯޝަން ހިންގަމުންދިއުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ގޯވިންދާ އާއި ކޯމަލް އެކުގައި ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތަކުން ފެންނަމުންދާއިރު، ސުނީތާގެ މި ވާހަކަތަކާއެކު ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ގޯވިންދާގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;