މާލޭ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމަކީ މާލޭގެ ލޭންޑް ޔޫޒް ޕްލޭން މުރާޖާކުރަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން މާލޭ ސިޓީންގެ ލޭންޑު ޔޫޒް ޕްލޭން މުރާާޖާކުރަމުންދާއިރު ކޮންމެ އަވަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެ އަވަށެއްގައި ހުރި ފުރުސަތުތަކާއި ގޮން ޖެހުންތައް ދެނެގަނެ، މާލެ ސިޓީއަކީ ދިރިއުޅެން ފަހި، ހިތްފަސޭހަ، ޖަޒީރާ ސިޓީއަކަށް ހެދުމަށް ރައްޔިތުންހގެ ހިޔާލާ މަޝްވަރާ ބޭނުންވާކަމަށެ ވެ.
މި ބައްދަލުވުން އޮންނާނީ20 ވަނަ ދުވަހުގެ ރޭ ވިލިމާލޭ ޔޫތް ސެންޓަރުގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ. އަދި އެ ބައްދަލވުމުގައި މަޝްވަރާކުރާނީ ވިލިމާލެއާ ގުޅޭގޮތުންކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ.
މާލޭ ސިޓީ ކައުންސިލުން އަނެއްކާވެސް ރައްޔިތުންގެ ބައްދަލުވުމަކަށް ގޮވާލާފައި މިވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުން ގެ ދެ ބައްދަލުވުމަށް މިލިއަނަކަށް ބވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ފެންމަތިވެފައި ވަނިކޮށެވެ.
ދެ ބައްދަލުވުމަށް ކައުންސިލުން 1.15 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އޭގެން ކޮންމެ ބައްދަލު ވުމަކީ ދެތިން ގަޑިއިރަށް ބާއްވާ ބައްދަލުވުންތަކެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;