ads
ހދ.ކުމުންދޫ ނޫރާނީމާގޭގައި ރޯވި އަލިފާން ގަނޑު ނިންވާލުމުގެ މަސައްކަތް ކުރަނީ
ހދ.ކުމުންދޫ ގެއެއްގައި ރޯވުން، އަލިފާން ނިންވާލެވުނީ ގަޑިއިރެއް ފަހުން
ހދ.ކުމުންދޫ ގެއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
Advertisement
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގައި ހިނގާފައިވަނީ ހދ.ކުމުންދޫ ނޫރާނީމާގޭގައި ކަމަށެވެ.  

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ ރޭ 21:02 ހާއިރު ކަމަސެވެ. އެގޮތުންއެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް އެ މައުލޫމާތު ލިބުމާއެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ ހދ.ކުމުންދޫއަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.  މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 22:17 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;