ads
ކުޜިގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުއިއްޒު އަދި މިހާރުގެ މޭޔަރު އާދަމް އާޒިމް
މުއިއްޒު މޭޔަރުކަމުގައި ރައްޔިތުން ބައްދުލުވުމަށް 2 މިލިއަން ހަރަދުކުރި: އާޒިމް
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި 2023 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް މާލޭ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އަމްިއްލަ ފަރާތަކުން ކުރި ސުވާލަކަށް ދިން ޖަވާބަކުން މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން ބާއްވަން މި އަހަރު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން އިއްޔެ ވަނީ ހާމަވެފަ އެވެ. 

އެ ހަބަރުތަކާއި ގުޅިގެން މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ރައްޔިތުންގެ ބައްދަލުވުމުގެ ޚަރަދުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ޚަބަރުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެ ވެ. 

މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުިއއްޒު މޭޔަރުކަމުގައި ހުންނެވިއިރު 2023 ގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00ރ ހަރަދު ކޮށްފައިވާކަމަށެ ވެ. އެކަމާއި ގުޅިގެން ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ ހަރަދު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައިކަމަށް މޭޔަރު އާދަމް އާޒިމް ވިދަޅުވި އެވެ. 

" އެގޮތުން 2026 ގެ ފެބުރުއަރީ ބައްދަލުވުމަށް 567،839.34ރ އަދި ޖުލައި ބައްދަލުވުމަށް ހަރަދުވީ 585،137.34ރ. މި ދެ ބައްދަލުވުމުގެ ހަރަދުވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައި، ނަމަވެސް ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުހީ އަޅާފައިވަނީ މުޅި އަހަރުގެ ހަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ޚަރަދުކަމަށް ދޭހަވާ ގޮތަށް." އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަޙްމަދު އައިހަމް ކިޔާ މީހަކު މާލޭ ސިޓީ ކައުންސިލުން ހޯދަން ހުށަހެޅި މައުލޫމާތުގެ ޖަވާބުގައި ވަނީ، މިދިޔަ ފެބްރުވަރީ މަހު އޮތް ބައްދަލުވުމަށް 567،839 ރުފިޔާ 34 ލާރި ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585،137 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާ ކަމަށް ކައުންސިލުން ދިން ޖަވާބުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;