ads
ފިނޭންސް މިނިސްޓަރު
މިސަރުކާރުން 1.3 ބިލިއަން ޑޮލަރުގެ ލޯނު ދައްކައިފިން: ފިނޭންސް މިނިސްޓަރު
މިސަރުކާރުން ދެ އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވާ ކަމަށާއި މި މުއްދަތުގައި ކުރީ ދެ ސަރުކާރުން ދެއްކީ 619 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު ހަޒަން ޒަރީރު ވިދާޅުވެއްޖެ އެވެ.
Advertisement

ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި އިކޮނޮމިކް މިނިސްޓަރު ސައީދު އާއި އަދި ހޯމް މިނިސްޓަރު އިހްސާނާއި އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހަޒަން ޒަރީރު ވިދާޅުވީ ދައުލަތުގެ ރިޒާވްގެ ބޮޑުބައެއް ހޭދަ ކުރަން ޖެހިފައިވަނީ ލޯނުތައް ދެއްކުމަށް ކަމަށެވެ. އެގޮތުން މިއަހަރު ވެސް ދައުލަތަށް ލިބުނު ޑޮލަރުގެ 56 ޕަސެންޓް ދައްކާފައިވަނީ ލޯނުތައް ދެއްކުމަށް ކަމަށް ވެސް ވިދާޅުވި އެވެ. 

"އެގޮތުން ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ދެ އަހަރާއި ބައިގެ ތެރޭގައި ދެއްކިފައިވަނީ 191 މިލިއަން ޑޮލަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދެ އަހަރާއި ބައިގެ ތެރޭގައި ލޯނަށް ދައްކާފައިވަނީ 428 މިލިއަން ޑޮލަރު. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މިހާތަނަށް އައި އިރުގައި 1.3 ބިލިއަން ޑޮލަރު. އެހެން ކަމުން 1292 މިލިއަން ޑޮލަރު ދަރަނި ދެއްކުމަށް ހޭދަ ކުރެވިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށާއި ނަމަވެސް އެންމެ އިސްކަމެއް ދެނީ ދަރަނި ދެއްކުމާއި ތެލާއި އަސާސީ ބޭނުންތަކަށް ޑޮލަރު ހޭދަކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކާއި ޚަރަދުތައް މެނޭޖުކުރުމުގައި ދިމާވާނެ ދަތިތައްވެސް ސަރުކާރުން ވަރަށް ގާތުން ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ މަސައްކަތަކީ، ދަރަނި ދެއްކުމާއި އަދި ޒަރޫރީ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށެވެ.

ސަރުކާރުން ބުނަނީ، ކުރިއަށް އޮތްތާގައިވެސް މަސައްކަތް ކުރަމުން ދާނީ ސަރުކާރާއި ދައުލަތުގެ އެންމެހައި އިދާރާތަކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށް އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;