ads
މަރިޔަމް އީމާ މުހައްމަދު
ވ. އަތޮޅުގެ ފަރުތައް އާލާކުރުމުގެ މަސައްކަތް އީމާ ފަށަނީ
މިހާރު ވިއެޓްނާމުގައި ކުރިއަސްދާ މިސް ވޯލްޑް މުބާރާތުގައި ބައިވެރިވާ މަރިޔަމް އީމާ މުހައްމަދުގެ "ބިއުޓީ ވިތު އަ ޕާޕަސް" ޕްރޮޖެކްޓްގެ ދަށުން، ވ. އަތޮޅުގެ ފަރުތައް އާލާކޮށް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެކަން ހާމަކޮށްފި އެވެ.
Advertisement

މި މައުލޫމާތު ހާމަވެފައިވަނީ މުބާރާތުގެ "ހެޑް ޓު ހެޑް ޗެލެންޖް" ގައި އޭނާ ބައިވެރިވުމާ ގުޅިގެންނެވެ. ތިމާވެށި ހިމާޔަތްކުރުމަށް އީމާ ކުރާ މި މަސައްކަތް އޭނާ ކުރިއަށް ގެންދަނީ ރާއްޖޭގެ ތިމާވެށި ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާ ގުޅިގެންނެވެ.

މި މުބާރާތަށް ހުށަހަޅާފައިވާ މި ޕްރޮޖެކްޓްގެ ތެރެއިން އީމާ ބައިވެރިވާނީ ސީދާ ފަރުތައް އާލާކުރުމުގެ އަމަލީ މަސައްކަތުގައެވެ. މިކަމާ ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މީގެ ތެރޭގައި ހަލާކުވެފައިވާ ފަރުތަކުގައި މުރަކަ އިންދުމާއި "ރީފް ސްޓާޒް" ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ރަށްރަށުގެ އާންމުނާ ގުޅިގެން ކުނި މަދުކުރުމުގެ މަސައްކަތްތަކުގައި ވެސް އޭނާ ހަރަކާތްތެރިވާނެއެވެ.

your imageމަރިޔަމް އީމާ މުހައްމަދު

އީމާގެ މި ޕްރޮޖެކްޓްގައި ގުޅިގެން މަސައްކަތްކުރާ "ސޭވް ދަ ބީޗް މޯލްޑިވްސް" އަކީ ގޮނޑުދޮށްތައް ސާފުކުރުމާއި ގަސް އިންދުމުގެ ހަރަކާތްތަކުން ފެށިގެން އައިސް، މިހާރު ފަރުތައް އާލާކުރުމާއި، ތިމާވެށީގެ ދިރާސާތައް ކުރުމާއި އަދި އާންމުން ހޭލުންތެރިކުރުމުގެ ދާއިރާއަށް ފުޅާވެފައިވާ މުހިންމު ހަރަކާތެކެވެ. އީމާގެ މި ޕްރޮޖެކްޓަކީ މި ޖަމިއްޔާގެ މަސައްކަތްތަކަށް ލިބޭ އިތުރު ބާރެކެވެ.

ފަރުތައް އާލާކުރުމުގެ މުހިންމުކަން އީމާގެ "ބިއުޓީ ވިތު އަ ޕާޕަސް" ދަތުރުގައި ފާހަގަކުރަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ރަށްތަކުގެ ރައްކާތެރިކަމާ ގުޅުުވައިގެންނެވެ. މުބާރާތުގެ ތެރެއިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، 2004 ގެ ސުނާމީ ކާރިސާއިން ވަނީ ރަށްތަކާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގައި ދުޅަހެޔޮ ފަރުތަކުގެ ދައުރު ކިހާ މުހިންމުކަން ސާބިތުކޮށްދީފަ އެވެ. އެހެންކަމުން ފަރުތައް އާލާކުރުމަކީ ރަށްތަކުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ބައެއްކަން އީމާ ފާހަގަކުރި އެވެ. 

އީމާގެ މި ޕްރޮޖެކްޓްގެ އަސާސަކީ، ތިމާވެށި ހިމާޔަތްކުރުމަކީ ހަމައެކަނި ވަކި ބައެއްގެ ޒިންމާއެއް ނޫންކަމާއި، އެއީ އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމެއް ކަމުގައި ދެކުމެވެ. ކަނޑަށް އެޅޭ ޕްލާސްޓިކް އެތިކޮޅެއް މަދުކުރުމާއި، އާލާކުރެވޭ ކޮންމެ ފަރަކީ ވެސް އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ރައްކާތެރިކުރުމަށް އެޅޭ ކުޑަ ނަމަވެސް މުހިންމު ފިޔަވަޅެއްކަމުގައި މި ޕްރޮޖެކްޓްގެ ތެރެއިން އޭނާ ހާމަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;