2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށައެޅީ ކުރެންދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާމިން ހަބީބެވެ.
މި ބިލް މަޖިލިހުން މިއަދު ފާސްކުރީ ވޯޓްގައި ބައިވެރިވި 59 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ ވޯޓުން ނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ 12 މެމްބަރުން ނެވެ.
އުޅަނދަށް 20 އަހަރުވުމުން ރަޖިސްޓްރީ ބާތިލުވާނެ
މި ބިލުގައިވާ ގޮތުން އިސްތިސްނާކުރެވޭ ހާއްސަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ އަދި އޮޕަރޭޓްކުރެވޭނީ، އެ އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރުގެ މުއްދަތަށެވެ. މުއްދަތު ހަމަވުމުން، ރަޖިސްޓަރީކޮށްފައިވާ އުޅަނދެއްގެ ރަޖިސްޓަރީ ބާތިލުކުރެވޭނެކަމަށް މި ބިލުގައިވެއެވެ. އަދި ބާތިލުކުރުމުގެ ކުރިން ނޯޓިސް ފޮނުވަންޖެހޭނެކަމަށްވެސް ބިލިގައި ވަނީ ހިމަނާފައެވެ.
20 އަހަރަށް ވުރެ އިތުރަށް ދުއްވުމުގެ ހުއްދަ ދޭވޭނީ އުޅަނދުގެ ބާވަތާއި މަރުކާ އާއި ހާއްސަވާ ސިފަތަކަށް ބަލާއިރު ތާރީހީ ގޮތުން މުހިންމުވާ އުޅަނދު ކަމުގައި ވަނީ މި ބިލުގައި ހިމަނާފަ އެވެ.
ފުލުހުންނަށް ބޮޑެތި ބާރުތަކެއް ބިލުން ލިބޭ:
އާ ބިލުގައި ދަތުރުފަތުރުގެ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ހިމަނާފަ އެވެ. އެގޮތުން ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ އަދަދު 5,000 ރުފިޔާއަށްވުރެ މައްޗަށް ހިނގައްޖެނަމަ، އެ ފައިސާ ދައްކައި ހަލާސްކުރަންދެން އެ އުޅަނދެއްގައި "ބޫޓް" އެޅުވުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.
ބައެއް އުޅަނދުތަކުގެ އަހަރީ ފީތައްވެސް ވަނީ ޑަބްލަ ބޮޑުކޮށްފަ
އުޅަނދުގައި އަމިއްލަ ނަންބަރު ޖަހާނަމަ ބޮޑު ފީއެއް
އެއްގަމު އުޅަނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ނަންބަރުގެ ބަދަލުގައި ވަކި ނަންބަރެއް ނުވަތަ އަކުރުތަކެއް ޖަހާނަމަ މިހާރު އެއްވެސް އަގެއް ކަނޑައަޅާފަ އެއް ނޯވެ އެވެ. އެހެންނަމަވެސް އާ ބިލިގައި ވަނީ މިކަމަށް ބޮޑު އަގުތަކެއް ހިމަނާފަ އެވެ. އެގޮތުން ގާނޫނުގައި ހިމަނާފައިވަނީ ބޭނުން ނަމްބަރެއް ޖަހަނީ ހަތަރު ފުރޮޅުލީ އުޅަނދެއްގައި ނަމަ 350,000ރ. އާއި 800,000ރ.އާ ދެމެދުގެ އަދަދެއް ފީއެއް ދައްކަން ޖެހޭނެ އެވެ. އެ ނޫން ބާވަތްތަކުގެ އުޅަނދެއް ނަމަ 200,000ރ. އާއި 500,000ރ.އާ ދެމެދުގެ އަދަދެއް ފީއެއް ދައްކަން ޖެހޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;