ads
ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތާލަން ބޭނުން: ރައީސް
ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭ ގޮތަށް ގާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައިގަނޑު ބޭނުމަކީ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ. 

އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"

ހުށަހެޅުން:

  • ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނިންމުންތައް މުރާޖާ (ރިވައިޒް) ކުރަން އެންގުމުގެ ދުސްތޫރީ ބާރު ރައްޔިތުންނަށް ލިބުމާއެކު ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް ހޯދުން

ނަތީޖާ:

  • ރައްޔިތުންގެ ބާރު ހިނގާކަން ކަށަވަރު ކުރެވި، ގައުމުގެ މަންފާއަށް ވުރެ ސިޔާސީންގެ ފައިދާއަށް ކުރާ ކަންކަން ނިމުމަކަށް ނެގެވި، ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަން މެދުވެރިކޮށް ހުށަހެޅުމުން އެކަންކަން ބެލުމަށް މަޖުބޫރުވާ ހާލަތެއް ދުސްތޫރީ ގޮތުން އުފަންވެ، ޑައިރެކްޓް ޑިމޮކްރަސީގެ އަސާސްތައް ހިންގުމުގެ އޮނިގަނޑުގެ ތެރެއަށް ތައާރަފުވުން

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.

މި މި ފަދަ ބަދަލު ތަކެއް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަށް ނުގެނެވިއްޖެ ނަމަ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލުގެ ރަނގަބީލުގެ އަޑު މިހާރު ވެސް ރަށު ތެރެއިން އަންނަނީ އިވެމުން ނެވެ. ވޯޓުން  ހޮވިގެން ސަރުކާރު ހިންގަން ހަވާލުވާ މީހުން/މީހާ ވޯޓުން ބޭރުކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބިދާ ކޮންމެ ދުވަހަކީ ގައުމުގެ މުސްތަގުބަލު "ސިޔާސީ ވަގުންގެ" އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދާ ފަނާކުރުވަނިވި އަމަލަކަށް ނުވާނެ ބާވަ އެވެ.؟

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓު ސިލްސިލާގެ ރޭގެ އެޕިސޯޑުގައި ރައީސް ވިދާޅުވީ ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކުރީގެ ސަރުކާރުތަކުގައި ވެސް އެކި ކޮމިޓީތަކާއި އިދާރާތައް ހަދައިގެން މަސައްކަތް ކޮށްފައި ހުރި ނަމަވެސް، އެކަންކަން ކާމިޔާބު ނުވީ ސިޔާސީ ގޮތުން ވަކި މަގުސަދެއްގައި، "ވަކި ފަރާތްތަކެއްގެ ފަހަތުން ދިއުމަށްޓަކާ" އެކަން ކުރުމުން ކަމަށެވެ. 

އެކަމަކު، އެއާ ހިލާފަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރާނީ ނިޒާމީ ގޮތުން މި މައްސަލައަށް ހައްލެއް ހޯދަން ކަމަށާއި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަކީ އެ މަގުސަދު ހާސިލްކުރުމަށް ހުށަހެޅި ބިލެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތާލުން. އެއްކޮށް ނައްތާލުމަކީ އެއް ދުވަހަކު ވެސް ވާނެ ކަމެއް ނޫން. ވަރަށް ބޮޑަށް ކޮންމެ ގައުމެއްގައި ވެސް މޫލާފައި އޮންނަ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.

"ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަކީ، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ކުރެވޭ މަސައްކަތުގައި ފާހަގަކޮށްލެވޭ އަދި ތާރީހީ މުހިންމު ފިޔަވަޅެއް ކަމަށާއި، އެކަމަށް މަރުހަބާ ދަންނަވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިއްޔެ ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;