ގާނޫނު އަސާސީ އަށް މިހާރުން މިހާރަށް އިސްލާހު ގެނެސް ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށް ގޮވާލާ "އެދޭ ރާއްޖެ" ހަރަކާތުން މިއަދު ނެރުނު ނޫސް ބަޔާންގައި ބުނީ، މިއަދުގެ ގައުމީ ހަގީގަތަކަށް ވާންވީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމު ތަރުތީބު ކުރުމަށެވެ. އެހެން ނަމަވެސް ފެހި ގާނޫނުއަސާސީން ތަސައްވުރު ކުރި ތިން ބާރުގެ، ހާމަ ކަމާއި ޖަވާބުދާރީ ކުރުވަނިވި ހިންގުމުގެ ނިޒާމެއް ދިވެހި ރައްޔިތުންނަށް ނުލިބުމުން، ރައްޔިތުން އެދުނު ރާއްޖެ ހޯދުމަށް ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހިއްޖެ ކަމަށް ބުނެ ގިނަ ރައްޔިތުން ވަނީ ވާހަކަ ދައްކަން ފަށާފަ އެވެ.
އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;