ads
ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ
ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ ފައުންޓެއިން މަރާމާތުކުރަން 8.5 މިލިއަން
ޓޫރިޒަމް ޓްރަސްޓް ފަންޑުގައި ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ ފައުންޓެއިން މަރާމާތުކުރަން 8.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓާ ޖެނެރަލް ބުނެފި އެވެ.
Advertisement

އޮޑިޓަާ ޖެނެރަލް އޮފީހުންވަނީ މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް އާޢްމުކޮށްފަ އެވެ. 

އޮޑިޓް ރިޕޯޓް ދައްކާގޮތުން  ޓޫރިޒަމް ޓްރަސްޓް ފަންޑަށް މިދިޔަ އަހަރު ވަނީ 132.8 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. އޭގެއިތުރުން ސީއެސްއާރުގެ ގޮތުގައި 25 މިލިއަން ރުފިޔާ ލިބި ފަންޑުގެ ޖުމްލަ އަދަދު 157.8 މިލިއަނަށް އެރިކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. 

އެ ރިޕޯޓްގައިވާ ގޮތުން އެ ފަންޑުން މިދިޔަ އަހަރުވަނީ 8.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި ފައިސާ ހަރަދުކޮށްފައިވަނީ ސަލްޓަން ޕާކް އަދި ޖުމްހޫރީ މައިދާނުގައި ބެހެއްޓިފައިވާ ފައުންޓެއިންތައް ބަދަލުކުރުމާއި، މަރާމާތު ކުރުމަށްކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މި ފައިސާ ދޫކޮށްފައިވަނީ ހައުސިން މިނިސްޓްރީއަށް ކަމަށްވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. 

މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑަށް މިދިޔަ އަހަރު ލިބެންޖެހޭ ފައިސާގެ ގޮތުގައި 56.8 މިލިއަން ރުފިޔާ ނުލިބާކަން އޮޑިޓް ރިޕޯޓްގައިވެ އެވެ. އެހެންކަމުން މި ފަންޑުގައި މިދިޔަ އަހަރު ނިމުނު އިރު ހުރީ  149.2 މިލިއަން ރުފިޔާކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;