ads
ޓީޓީގެ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރު ކުރަން ބޭންކުތަކާއެކު ކަސްޓަމްސް އިން ސޮއި ކުރުން
ޓީޓީތަކުގެ ސައްހަކަން ކަށަވަރުކުރަން ކަސްޓަމްސް އާއި ބޭންކުތަކާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

އެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީއީއޯ އިންނާއި މެނޭޖިން ޑައިރެކްޓަރުންނެވެ.

މި މަސައްކަތް އެމްއެމްއޭގެ ފަރާތުން ބަލަހައްޓާނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ން ކަމަށް އެ އިދާރާއިން ބުންޏެވެ. 

މި އެމްއޯޔޫގައި ސޮއިކޮށްފައި މި ވަނީ ޑޮލަރު މައްސަލައިގައި ސަރުކާރުން އަޅާ ފިޔަވަޅުތައް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓީޓީތަކަށް ގެންނަ މުދާ މޮނިޓާކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވުމަށް ފަހުގަ އެވެ.

އެ ދުވަހު މުނައްވަރު ވިދާޅުވީ އިމްޕޯޓް މުދާ ބޭރުން ގެންނައިރު ފޭކް ޓީޓީ ހަދައިގެން ބޭންކުތަކުން ދޫކުރާ ބޭރު ފައިސާގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މުދާ އެތެރެކުރަން ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތައް އަދި އެތެރެކުރެވޭ މުދަލުގެ މައުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް ވިޔަފާރިއާ ގުޅުންހުރި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުން ކަމަށް އެމްއެމްއޭން ބުންޏެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;