ads
ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގެ ތެރެއިން
އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތް ދައްކާލައިފި
ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ކުރިއަށްގެންދިޔަ ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމާ ގުޅިފައިވާ އެކިއެކި އިންޖިނިއަރިން އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފި އެވެ.
Advertisement

ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ، ގައުމުގެ ކުރިއެރުމުގައި އިންޖިނިއަރިން ދާއިރާގެ ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުގުވެރިކަން އިތުރުކުރުވުން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. 

މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން އިންޖިނިއަރިން އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ވަނީ ދައްކާލާފަ އެވެ. 

އޭގެ ތެރޭގައި ވޯޓާ އެންޑް ސެވެރޭޖް ސާވިސަސް (ޑަބްލިއު.އެސް.އެސް)، މެކޭނިކަލް ސާވިސަސް (އެމް.އެސް.ޔޫ)، ހީޓް ވެންޓިލޭޝަން އެންޑް އެއާ ކޮންޑިޝަނިން (އެޗް.ވީ.އޭ.ސީ)، ފިއުލް ސާވިސަސް، އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)، އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް (އޭ.ޖީ.އޭ) އަދި ޕަވާ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން (ޕީ.ޖީ.ޑީ.ޑީ)ގެ ދާއިރާ ހިމެނެއެވެ.

މިއީ ރާއްޖޭގެ މައި ވައިގެ ބަނދަރު އެކަށީގެންވާގޮތުގައި ހިންގުމަށް ކުރެވޭ މުހިންމު މަސައްކަތްތައް ތަޖުރިބާކޮށްލުމަށް ކުދިންނަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނި އެވެ.

މި ހަރަކާތުގައި ބައިވެރިވެރިންނަށް އެމް.އޭ.ސީ.އެލް ގެ އިންޖިނިއަރުންގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، އެއާޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިން ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައި ވާ ކަމަށާއި އެމް.އޭ.ސީ.އެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، އޭވިއޭޝަން ދާއިރާއަށް ޝައުގުވެރިވާ ގާބިލު ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;