ads
އެމްއެމްއޭ ބިލްޑިންގ - ފޮޓޯ: އެމްއެމްއޭ ފޭސްބުކް
އިންޝުއަރެންސާބެހޭ ދެ ގަވާއިދަކަށް އަމަލުކުރަން ފަށައިފި
ރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމުން އިސްތިސްނާ ދޭނެ ހާލަތްތައް ބަޔާންކޮށް "ރާއްޖޭގައި ހުރި ރިސްކު ތަކާ ބެހޭ ގަވައިދު" މަރުކަޒީ ބޭންކު، އެމްއެމްއޭން އާންމުކޮށް، އަމަލުކުރަން ފަށައިފި އެވެ.
Advertisement

އެމްއެމްއޭން ބުނީ މި ދެ ގަވައިދަކީ ވެެސް އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކޮށް ހިންގުމަށް ބޭނުންވާ ދެ ގަވައިދު ކަމަށެވެ.

މީގެ ތެރެއިން އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަރކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމުގެ ގަވާއިދެވެ. މިގޮތުން، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން، އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައްވެސް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދަކީ އިންޝުއަރެންސްއާބަހޭ ގާނޫނުގައި، ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެެކެވެ. މިގޮތުން، މި ގަވާއިދުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ގާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކާކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކާކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، އިންޝުއަރެންސްއާބެހޭ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނޭނެ އެވެ.

މި ދެ ގަވާއިދަށް އާންމުންގެ ހިޔާލަށް މި މަހުގެ 14 ގައި އެމްއެމްއޭއިން ހުޅުވާލި އެވެ. އިންޝުއަރެންސްއާބެހޭ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;