ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި: ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ރަސްމީކޮށް ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނި - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ސަރަހައްދުން ތެލާއި ގޭސް ހޯދަން ގާނޫނީ އޮނިގަނޑެއް އެކުލަވާލަނީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި ގޭހާއި މައުދަން ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
Advertisement

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އިއްޔެ ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ.

ރައީސްގެ އޮފީހުން ބުނީ ރާއްޖޭގެ ސަރަޙައްދުން ދިރުން ނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެ ވުޒާރާއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ. 

"ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިގްތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި އެ ވަސީލަތްތަކުގެ ފައިދާ ގައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ގާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފައްޓަވާފައި،" ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއު ކުރި ލިޔުމުގައި ބުންޏެވެ.

މިކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތެޔޮ ހޯދުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށް މަސައްކަތް ވެސް ކުރި އެވެ. 

ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހެމްބާގްގެ ސައިންސްވެރިން 2014ގައި ރާއްޖޭގައި ކުރި ދިރާސާގެ ނަތީޖާ ހޯދުމަށް ފަހު އޭރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައި ވަނީ ޖިއޮލޮޖިކަލް ސާވޭތަކުން ދައްކާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑިން "ފުލުއިޑެއް ނުވަތަ ގޭސް" އަރާ ކަމުގެ ހެކިތައް ފެނިފައިވާ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;