ads
ވިލިމާލެ ހޮސްޕިޓަލު
މި މަހު ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރަނީ
ވިލިމާލެ ހޮސްޕިޓަލުން ދެމުން އާ ހިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.
Advertisement

ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ކުރީގެ އަމާން ހިޔާއަށް ވަގުތީ ގޮތުން ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު "އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން ސީއީއޯ ވިދާޅުވީ މި މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ވަގުތީ އިމާރާތުގެ ފިނިޝިންގެ މަސައްކަތްތައްކަމަށެވެ.

"ވަގުތީ އިމާރާތުގެ ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންް. ވަގުތީ އިމާރާތަކީ ކުރިން ލިފްޓެއް ހުރި ތަނެއް ނޫން. އެހެންކަމުން އެތަނުގައި ބެޑް ލިފްޓެއް ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން. ލިފްޓް ބެހެއްޓިގެން އިތުރު ފަންގިފިލާއަށް ހިދުމަތްތައް ބަދަލުކުރެވޭނީ. ގްރައުން ފްލޯއިން ދޭ ޚިދުމަތްތައް ފުރަތަމަ ބަދަލުކުރެވިގެންދާނީ." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި އެވެ.


ޗައިނާގެ އެހީގައި މީގެ ކުރިންވެސް ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާއިރު މިހާތަނަށް އެގައުމުން ރާއްޖޭގާއި ހިންގި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއަކީ ސިނަމާލެ ބުރިޖުގެ މަސައްކަތެވެ. ހޮސްޕިޓަލުގެ ނަން ކަނޑައެޅުމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ރިއާޔަތްކޮށްފައިވާއިރު ޗައިނާގެ އެހީގައި އިމާރާތްކުރެވުނު ސިނަމާލެ ބްރިޖަށް "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ގެ ނަން ކުރިން ވަނީ ދީފަ އެވެ.

ވިލިމާލޭގައި ހޮސްޕިޓަލެއް ހިންގިއަސް ލިބެނީ ވަރަށް މަދު ފަރުވާއެކެވެ. އެހެންވެ، ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށާއިރު ސިއްހީ ދާއިރާ ތަރައްގީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;