ads
ސަލްމާ ހަޔެކް
ސަލްމާއަށް 60 އަހަރު ފުރިއްޖެ، ޒުވާންކަމެއް ބަދަލެއް ނާދޭ
ހޮލީވުޑްގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އެއް ތަރި ކަމަށްވާ ސަލްމާ ހަޔެކްގެ 60 ވަނަ އުފަންދުވަސް އަންގާރަ ދުވަހު ފާހަގަކޮށްފި އެވެ.
Advertisement

އުމުރުން 60 އަހަރު ފުރުނު ނަމަވެސް، ސަލްމާގެ ރީތިކަމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި ކުރަމުންދާ ޕޯސްޓުތަކުގައި ވެސް އެންމެ ބޮޑަށް ފާހަގަކުރަމުން އަންނަނީ އޭނާގެ ޒުވާންކަމާއި ރީތިކަމެވެ.

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ މި ހުނަރުވެރި ބަތަލާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ.

އެކްޓްކުރުމުގެ އިތުރުން ކާމިޔާބު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ސަލްމާއަކީ ހޮލީވުޑްގެ އައިކޮންއެކެވެ. ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އޭނާ ދައްކައިދީފައިވާ ހުނަރުވެރިކަމާއި، ހަނދާނުން ފިލައިގެން ނުދާ ފަދަ މޮޅު އެކްޓިންގެ ސަބަބުން އޭނާ ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.

ސަލްމާގެ އުފަންދުވަހާ ގުޅިގެން އޭނާއަށް ހެޔޮއެދޭ ފަރާތްތަކުންނާއި ފޭނުން އަންނަނީ އޭނާއަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދި މެސެޖުތައް ފޮނުވަމުންނެވެ. މީގެ އިތުރުން، އޭނާގެ ކުރިމަގު އިތުރަށް އުޖާލާވުމަށާއި، ލޯތްބާއި އުފާވެރިކަން ލިބުމަށް ގިނަ ބަޔަކު ވަނީ އެދިފަ އެވެ.

ސަލްމާގެ އެކްޓިން ކެރިއަރުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ ފަރާތުން ހަނދާނުން ފިލައިގެން ނުދާނެ ފަދަ މޮޅު މަސައްކަތްތަކެއް ފެނިގެންދާނެ ކަމަށް ފޭނުން އުންމީދުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;