ads
އެމްއެމްއޭ ބިލްޑިންގ - ފޮޓޯ: އެމްއެމްއޭ ފޭސްބުކް
ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ބަހައްޓަން ޖެހޭ ރައުސުލްމާލް އިތުރުކޮށްފި
މާލީ ގާބިލުކަން ކަށަވަރުކޮށް މާލީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް ޕީއެސްޕީތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު އިތުރުކޮށްފި އެވެ.
Advertisement

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި އެ ގަވައިދުގެ ތެރެއިން ޕޭމަންޓް ހިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް ކެޕިޓަލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ބަދަލު އައިސްފައިވެ އެވެ. 

އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަކުރުމުގެ ހިދުމަތް، އަދި ރެމިޓެންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަޑް ކެޕިޓަލްގެ އަދަދު ވަނީ ދެ މިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ.

އެ ގަވައިދުގެ ދަށުން ޕޭމަންޓް އިނީޝިއޭޝަން ހިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދު އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފައިވެ އެވެ.

ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް އައި ބަދަލު

  •  އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް - 500،000 ރުފިޔާ އިން 2،000،000 ރުފިޔާ އަށް.
  •  ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުމުގެ ޚިދުމަތް - 200،000 އިން 2،000،000 ރުފިޔާ އަށް.
  •  ރެމިޓެންސްގެ ޚިދުމަތް 0 200،000 ރުފިޔާ އިން 2،000،000 އަށް.
  •  ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް -100،000 ރުފިޔާ. އިން 1،000،000 ރުފިޔާ އަށް
  •  އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް - 100،000 ރުފިޔާ އިން 1،000،000 ރުފިޔާ އަށް.

މި ބަދަލުތައް ގެނެސްފައިވަނީ ޕޭމެންޓު ހިދުމަތްތައް ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަކީ އެ ފަރާތްތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާ އެކު އަދި މެދުނުކެނޑި ހިދުމަތްތައް ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަންކަން ކަށަވަރު ކުރުމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;