ފުލުހުން ވަނީ މި ދެމީހުން ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ފޭސް 2 ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެދެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެމީހުން ކަމަށެވެ.
ވީމާ، ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެއެވެ. އެހެންނަމަވެސް އެމީހުން ހޯދަނީ ކޮން ވައްކަމުގެ މައްސަލައެއްކަމެއްގައި ފުލުހުން ނުބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;