ނިވަ ކުރުނބާ މޯލްޑިވްސްގައި އޮތް އެ ހަރަކާތުގައި ރެކޯޑު ހެދުމަށް 314 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުން އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓުން ހިމެނެ އެވެ.
މި އެންމެން ބައިވެރިވެ ރެކޯޑް ހަދާފައިވަނީ އެއް ތަނެއްގައި، އެއް ވަގުތެއްގައި އެންމެ ގިނަ މީހުން އެއްކޮށް ސްނޯކްލް ކޮށްގެންނެވެ.
މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ކަމެކެވެ.
އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ:
މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވާލާފައިވާ ނިޒާމެއް
މި ނިޒާމުގެ ދަށުން ބީއެމްއެލް އިން އަންނަނީ ޕާލޭ މޯލްޑިވްސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) ފަދަ ޖަމިއްޔާތަކާ ގުޅިގެން، ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމަށް ބޭރު ގައުމުތަކަށް ފޮނުވުމަށާއި އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން
ބީއެމްއެލްގެ އެ ހަރަކާތް، ކަނޑައެޅިފައިވާ މިންގަނޑުތައް ކަށަވަރުކުރުމަށް ފަހު، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ވަނީ ހަވާލުކޮށްފަ އެވެ. އެ ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ މުހައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މޯޓެން ޖޫނިއާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;