ads
ރައީސް މުއިއްޒު
ދޮގު ހަދާ މީހުންނަށް އެންމެން ނޫނެކޭ ބުނަންޖެހޭ، އޭރުން ސިޔާސީ މީހުން އެކަން ހުއްޓާލާނެ: ރައީސް
ދޮގު ހަދާ މީހުންނަށް އެންމެން ނޫނެކޭ ބުނަންޖެހޭކަމަށާއި އޭރުން ސިޔާސީ މީހުން އެކަން ހުއްޓާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު މިހެން ވިދާޅުވީ ހައުސިން މިނިސްޓްރީގައި ބަޔަކު ރޯކޮށްލިކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު އެފަދަ ބޮޑު އިތުރުފުޅެއް ހެދުމުން އެކަމާއި ކަންބޮޑުވެޑައިގަންނަވާކަމަށެވެ. 

" އަޅުގަނޑު ވަރަށް ހައިރާންވެސް ވޭ، ކުރީގައި ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު އަދި އަމުދުން، އެއްވެސް މީހަކު ދޮހު ހަދާކަށް ނުވާނެ. އެވަރުގެ ޒިންމާދާރު މަގާމެއް އަދާކުރެއްވި ބޭފުޅަކު އެއްވެސް ކަހަލަ ޖެހިލުމެއްނެތި ހަމަ ކަނޑައެޅިގެން އިތުރުފުޅު ހެއްދެވީމަ. ވަރަށް ހިތާމަ ކުރަން " ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި ގައުމުގައި ވާހަކަ ފެތުރުން ހުއްޓުވަން ޖެހޭކަމަށާއި އެކަމަސް އެންމެން ނޫނެކޭ ނުބުނަނީސް އެކަން ނުހުއްޓުވޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން ދޮގު ހަދާ މީހުންނަށް އެންމެން އެއްކޮށް ނޫނެކޭ ބުނަންޖެހޭކަމަށާއި އޭރު ސިޔާސީ މިހުން އެކަން ހުއްޓާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

" އަޅުގަނޑު އެދެނީ ލޮބުވެތި ރައްޔިތުން ކިބައިން އެއްވެސް ހަގީގަތެއް ބެލުމެތް ނެތި، އެއްވެސް ޒިންމާދާރުތުކަމެއް ނެތި، އެކަހަލަ ވާހަކަތައް ދައްކާ ދެއްކުމަށް ނޫނެކޭ ބުނަ ްއެންމެ އެކައްޗެކޭ ކިޔަން. އޭރު ސިޔާސީ ފަރާތްތަކުންވެސް އަދި އެހެން ފަރާތްތަކުންވެސް އެކަން ހުއްޓާލަފާނެ ހެން އަޅުގަނޑަށް ހީވަނީ." ރަޢީސް މުއިއްޒު ވިދާޅުވި އެވެ.

ޔާމީންގެ ތުހުމަތާ ގުޅިގެން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ، ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކުގައި ރޯވި މައްސަލައާ ގުޅިގެން އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދި ހޯދުމުން އެނގުނީ އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;