ads
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން
މެލޭޝިއާގެ ބޮޑުވަޒީރު އަންނަ ހަފްތާ ރާއްޖެ ވަޑައިގަންނަވަނީ
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަންނަ ހަފްތާ ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.
Advertisement

ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެ ވަޑައިގަންނަވަނީ މި މަހުގެ 14 އިން 15އަަށް ކަަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. މިއީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އަންވަރު އިބްރާހިމް ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގައި ބާއްވާ ބްރިކްސް ސަމިޓަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗއް ހާމައެއް ނުކުރެއެވެ.

އަންވަރް ބިން އިބްރާހީމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޭޕްރިލްމަހުގެ ގެ ފަހުކޮޅު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާފަ އެވެ. އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އަށް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް މުއިއްޒު އެ ދަތުރުފުޅުގައި ވިދާޅުވި އެވެ. މީގެއިތުރުން ދިވެހި އައި.ޑީ ކާޑުގެ ހިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" ވަނި އިފްތިތާހުކޮށްދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;