ads
އަހުމަދު ޝަހީރު.
އެޗްޑީސީގެ ވަކިކުރި ޝަހީރު އެމްޓީޑީސީގެ ޗެއާމަނަކަށް، މީ 3ވަނަ ކުންފުނި
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންކަމުން ވަކިކުރި އަހުމަދު ޝަހީރު އެމްޓީޑީސީގެ ޗެއާމަންކަމަށް އައްޔަންކޮށްފި އެވެ.
Advertisement

އޭނާ އެޗްޑީސީގެ ޗެއާމަންކަމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބުނީ އެމްޓީޑީސީގެ ޗެއާމަންކަމުގެ މަގާމަށް އިއްޔެ އިން ފެށިގެން ޝަހީރު އައްޔަންކޮށްފައިވާ ކަމަށެވެ. 

މި ވެރިކަން އައިސް އެންމެ ފުރަތަމަ ޝަހީރު އައްޔަންކުރީ ފެނަކަައިގެ ޗެއާމަންގެ މަގާމަށެވެ. އެހެންނަމަވެސް އެމަގާމަށް އައްޔަންކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީ 9 އޮގަސްޓް 2024 ގައި އެ މަގާމުން ކުއްލިއަކަށް ވަކިކުރި އެވެ. 

އޭގެފަހުން 29 މޭ 2025 ގައި އޭނާ ވަނީ  އެޗްޑީސީގެ ޗެއާމަންކަމަށް އައްޔަންކޮށްފަ އެވެ. 

ޝަހީރަކީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނަ އެ ކުންފުނިން އިސްތިއުފާ ދެއްވީ 29 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު 15 ނޮވެމްބަރު 2018 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;