ads
ކުރީގެ ރައީސް ޔާމީން
ޔާމީން ވިދާޅުވީ މިިނިސްޓްރީތަކުގައި ރޯވި ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް!
ދެހާސް ސައުވީސް ވަނަ އަހަރުގެ ޑިސެންބަރު 12ވަނަ ދުވަހު، ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތައް ތަޙްޤީޤުކުރަން ފުލުހަށް ހާޒިރުވާން ޗިޓް ހަވާލު ކުރަން ދިއުމުން، އެ ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާކަން އަންގަވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
Advertisement

ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ މިނިސްޓްރީގެ އިމާރާތުގައި 12 ޑިސެމްބަރު 2024 ގެ ހެނދުނު ރޯކޮށްލީ "ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭނެ" ކަމަށާއި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ޔާމީނަށް އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ފުލުހުންނަށް ސިޓީއެއް ފޮނުއްވީ ތަހުގީގަށް މައުލޫމާތު ހޯދަން ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓެއް ހަވާލުކުރަން އުޅުމުންނެވެ. . 

ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ނެރެފައިވާ ޗިޓަކާ އެކު އިއްޔެ ފުލުހުން ޔާމީންގެ ގެކޮޅަށް ދިޔަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތަކަކަށްވާތީ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަަށް ސާފުކުރުމަށް ޓަކައި، ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ހަވާލުކުރުމަށް މަސައްކަތްތަކެއް ކުރި ކަމަށެވެ.

ނަމަވެސް އިއްޔެ އިރުއޮއްސި 6:40 ހާއިރު ޔާމީން ދިރިއުޅުއްވާ ހ. ދޫވެއްސަށް ފުލުހުން ގޮސް އެ މަނިކުފާނާ ބައްދަލުކޮށް ޗިޓު ހަވާލުކުރުމަށް މަސައްކަތް ކުރެވުނު ނަމަވެސް އެ މަނިކުފާނު ޗިޓާ ހަވާލުވެވަޑައިގަންނަވަން ބޭނުންފުޅު ނުވި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ފަހުން ފުލުހުންނަށް ޔާމީން ސިޓީއެއް ފޮނުވިކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން، އެ ސިޓީގައި އޮންނަނީ:

  • އެ މައްސަލައާ ގުޅޭ ގޮތުން ޔާމީނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް

  • އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް

މިދިޔަ އޮގަސްޓް މަހު މިނިސްޓަރު އިހުސާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައިވަނީ ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު އެ ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށެވެ. އަދި އެއީ ބަޔަކު ރޯކޮށްލައިގެން ހިނގި ހާދިސާއެއް ނޫން ކަން، ތަހުގީގަށް ހޯދިފައިިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިހުސާން ކުރިން ވިދާޅުވެފައި ވަނީ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކުގައި ރޯވި މައްސަލައާ ގުޅިގެން އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދި ހޯދުމުން އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށް އެނގިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;