ads
މަގުމަތީގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރިވަނީ
ޒަމާނީ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމުކުރަނީ
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސައީދު މިހެން ވިދާޅުވީ ރައީސްގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ އަލަށް ތަސްދީގު ކުރެވުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ސެންޓަރު ގާއިމުކުރުމަށް ކަމަށެވެ. މިމަސައްކަތުގައި ބޭރުގެ އެހީތެރިކަމާއި ޒަމާނީ ވަސީލަތްތައް ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މުޅި މާލެ އެެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ އެންމެ ވަރުގަދަ އެއް މަސައްކަތް،" ސައީދު ވިދާޅުވި އެވެ.
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިހާރު ތަސްދީގުކުރައްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މާލެ ސަރަހައްދުގެ އެއްގަމުދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުވެ އެވެ. 
"މާލެ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލު"ގެ ނަމުގައި ބިލަށް އިތުރުކުރި އަށް ވަނަ ބާބުގައިވާ ގޮތުން އެ ބާބުގެ ބޭނުމަކީ ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް މާލެ ސަރަހައްދުގައި އާބާދީ ބޮޑުވެ، އުޅަނދުތައް އިތުރުވުމުގެ ސަބަބުން ޓްރެފިކް މެނޭޖްކުރަން ދަތިވެފައިވާތީ އެ މައްސަލަ ހައްލުކުރުމަށެވެ. އެހެންވެ އެ ބިލުގައިވާ އުސޫލުތަކާއި ޝަރުތުތައް މާލެ ސަރަހައްދުގައި ހިންގާނީ ތަފާތު ގޮތަކަށް ކަމަށް ވެސް އެ ބާބުގެ ތައާރަފްގައިވެ އެވެ. އެކަމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފައްދާނެ އެވެ.
އާ ގާނޫނުގައި، ނުރައްކާކޮށް ދުއްވާ މީހުންނަށް ބޮޑެތި ޖޫރިމަނާތައް ކަނޑައަޅައި ވެހިކަލް މަދުކުރުމަށް ހާއްސަ އުސޫލުތަކެއް ވެސް ހަދާފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;