ads
ކުރުނބާ ރިސޯޓުގެ ފަރުތައް އާލާކުރުމުގެ ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި. ފޮޓޯ/ބީއެމްއެލް
ކުރުނބާ ރިސޯޓުގެ ފަރުތައް އާލާކުރުމުގައި ބީއެމްއެލްއިން ބައިވެރިވެއްޖެ
ރާއްޖޭގެ ނާޒުކު ކަނޑުފަޅުގެ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރުނބާ ރިސޯޓުން ހިންގާ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ އެވެ.
Advertisement

މި ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން، ބޭންކުގެ އިސްވެރިންނާއި މުވައްޒަފުން އަދި ކުރުނބާ ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ބައިވެރިވެ، އެ ރިސޯޓުގެ ފަރުތައް އާލާކުރުމަށް ވަނީ މުރަކަ އިންދުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ނިވަ ކުރުނބާ މޯލްޑިވްސް އިން ދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ފަރުތައް އާލާކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އާއްމު ރައްޔިތުން ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުރަކަ އިންދުމާއި ފަރުތައް އާލާކުރުމުގެ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އޭގެ ތެރޭގައި ގދ. ވާދޫގައި "ވާދޫ އެސޯސިއޭޝަން ފޮ ފިއުޗާ ޑިވެލޮޕްމަންޓް" އިން ހިންގި މަޝްރޫއުގެ އިތުރުން ބ. ދަރަވަންދޫގައި ކުރިއަށްގެންދިޔަ "މުރަކަ ފާމް އިނިޝިއޭޓިވް" ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;