އޭނާގެ އުފަންދުވަސް ފާހަގަކުރަމުންދާއިރު، އޭނާއަކީ ފިލްމީ ދުނިޔޭގައި އެތައް ބައެއްގެ ލޯބި ހޯދާފައިވާ، އަދި އެތައް ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ލެޖެންޑަރީ ތަރިއެކެވެ.
އެޑަމް ސޭންޑްލާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ މީހުން ހެއްވާލާ ފަދަ މަޖާ ކޮމެޑީ ފިލްމުތަކުންނެވެ. އެހެންނަމަވެސް އޭނާއަކީ ހަމައެކަނި ކޮމެޑީއަށް ހާއްސަ ތަރިއެއް ނޫނެވެ. އޭގެ އިތުރުން ވަރަށް މޮޅެތި ސީރިއަސް އަދި އަސަރުގަދަ ރޯލުތަކެއްވެސް އޭނާ ވަނީ ފިލްމުތަކުގައި ކުޅެފައެވެ. މިއީ އޭނާގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ކަމެކެވެ.
އޭނާގެ ދިގު ފިލްމީ ކެރިއަރުގައި އެތައް ޖީލެއްގެ ބަޔަކަށް އޭނާ ވަނީ މުނިފޫހިފިލުވައިދީފައެވެ. ފިލްމީ ތާރީހުގައި ފާހަގަކޮށްލެވޭ އެތައް ހަނދާންތަކެއް އޭނާ ވަނީ އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އޭނާގެ އެކްޓިންގެ ސަބަބުން ގިނަ ބައެއްގެ ހިތްތަކުން އޭނާއަށް ވަނީ ހާއްސަ ޖާގައެއް ލިބިފައެވެ.
އެޑަމް ސޭންޑްލާގެ 60 ވަނަ އުފަންދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާއަށް ތަހުނިޔާ ކިޔަމުންނެވެ. އޭނާއަށް ތަހުނިޔާ ފޮނުވި ގިނަ މީހުން ބުނެފައިވަނީ، އޭނާގެ ފަރާތުން އަދިވެސް އިތުރު ހިނިތުންވުންތަކާއި، ކާމިޔާބީތަކުގެ އިތުރުން ކްލެސިކް ފިލްމުތަކެއް ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މިއަދު އޭނާ 60 އަހަރުގެ މޭލުގާ ހުރަސްކުރިއިރު، އެޑަމް ސޭންޑްލާއަކީ ހޮލީވުޑްގައި ނަންވިދާލާފައިވާ އެންމެ ކާމިޔާބު އެއް ތަރިއެވެ. އުމުރުން ދުވަސްވީ ނަމަވެސް، އޭނާގެ މަގުބޫލުކަމަށް އެއްވެސް ބަދަލެއް ނާންނަކަން އޭނާއަށް ލިބެމުންދާ ތަރުހީބުން ސާފުކޮށް އެނގެއެވެ. މުސްތަގުބަލުގައިވެސް އޭނާގެ މޮޅެތި މަސައްކަތްތަކެއް ފެންނާނެކަމަށް ސަޕޯޓަރުން ތިބީ އިންތިޒާރުގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;