ads
ދިއްގަރުގައި ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތުގެ ތެރެއިން
ދިއްގަރުގައި ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކޮށްފި
މ.އަތޮޅުގައި ހިދުމަތްދޭން ސްޓެލްކޯއާ ހަވާލުކުރީ ޖޫން މަހު
ދިއްގަރުގައި ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެރަށުގައި ހުރި ޖަނަރޭޓަރު ސެޓެއް އޯވަހޯލްކޮށް ނިންމާ ބޭނުންކުރަން ފަށައިފި އެވެ.
Advertisement

ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ ދިއްގަރުގައި އޯވަހޯލްކޮށްފައިވަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއްކަމަށެވެ.

ސްޓެލްކޯގެ ދަށަށް މ. އަތޮޅުގެ ރަށްތަކުގެ ޔޫޓިލިޓީ ހިދުމަތްތައް ބަދަލުކޮށްފައިވަނީ ޖޫން މަހުގެ ތެރޭގަ އެވެ. އެއާއެކު ސްޓެލްކޯއިންވަނީ ރަށްރަށުގެ ޔޫޓިލިޓީ ހިދުމަތްތައް، ހާއްސަކޮށް ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށާފަ އެވެ. 

ސްޓެލްކޯއިން ބުނީ އެމަސައްކަތުގެ ދަށުން، މ.ދިއްގަރުގައި ގާއިމުކޮށްފައި ހުރި 400 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެއް އޯވަރހޯލްކޮށް ނިންމާ މިހާރު ބޭނުންކުރަން ފަށާފައިވާކަމަށެވެ.

މިފަހުން ސަރުކާރުން ވަނީ އަަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ކަރަންޓް ދެމުން އަންނަ "ފެނަކަ" އުވާލާ ފެނަކައިން މިހާރު ދެމުން އަންނަ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;