ads
ސުޕްރީމް ކޯޓު
އިންޓެލް އޮފިސަރުންގެ ހެކި ސިއްރުކުރުމާމެދު އަލުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އަންގައިފި
ޓެރަރިޒަމްގެ މައްސަލައެއްގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.
Advertisement

މިއީ ޓެރަރިޒަމްގެ މައްސަލައެއްގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން  ބާތިލުކުރި މައްސަލަ އެވެ. 

މި މައްސަލައިގައި ސުޕްރީމް ކޯޓުންވަނީ ހެކި ސިއްރުކުރަން އޮފިސަރުންނަށް މީގެ ކުރިން އިންޒާރެއް ނުވަތަ އަނިޔާއެއް ލިބިފައިވުން ލާޒިމެއް ނޫން ކަމަށް ކަނޑައަޅައިފައެވެ. މަސައްކަތުގެ ތަބީއަތަށް ބަލައި ޖަމާއީ ގޮތެއްގައި ނުރައްކާ އޮތްކަން އެނގުމުން ފުދޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. 

ވަކި ފަރުދަކަށް އޮތް ނުރައްކަލުގެ އިތުރުން، ދައުލަތުގެ ސެކިއުރިޓީ ނިޒާމާއި އިންޓެލިޖެންސް މަޢުލޫމާތު ސިއްރުކުރުމުގެ އާންމު މަސްލަހަތަށް ކޯޓުން ރިއާޔަތްކުރަންޖެހޭނެ ކަމަށްވެސް ކޯޓުން ނިންމި އެވެ. 

ސުޕްރީމް ކޯޓުގެ މި އުސޫލުތަކަށް ބަލައި، ހެކި ހިމާޔަތްކުރުމުގެ އަމުރާމެދު އަލުން ގޮތެއް ނިންމުމަށް މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;