ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސް ކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް އަގުބޮޑުކޮށް ޑޮލަރު ވިއްކާ މައްސަލަ ހައްލުކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، މި ސަރުކާރު ހަވާލުވިއިރު ހުރި މިންވަރަށް ޑޮލަރުގެ ރޭޓު ދަށްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށާއި ތިރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި، މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އަރުވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;