ads
2027 ވަނައަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލިސް
ޓެކްސް ނުދައްކާ މިންވަރު އިތުރުވަނީ ސަރުކާރުން ބިލްތަކަށް ފައިސާ ނުދޭތީ: ނިޔާޒީ
ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހި ނުލިބޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށާއި، މިކަން މިހެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުން ކަމަށް އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ހަވާލާ ދެއްވައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މި މައްސަލަ ދިމާވާ މައިގަނޑު ސަބަބަކީ ދައުލަތުން އެކި މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކަށް ދައްކަންޖެހޭ ބިލުތަކަށް ފައިސާ ނުދީ ހުރުމެވެ.

މީގެއިތުރުން، ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ނުދައްކާ އޮތް ނަމަވެސް، އެ ބިލުތައް ދެއްކުމަށް ފައިސާ ހޯދާނެ ގޮތެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތްކަން ނިޔާޒީ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ފައިސާ ދެއްކޭނެ ގޮތްތަކެއް މިނިސްޓްރީ އޮފް ފައިނޭންސުން ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި، މަޖިލިސް މެންބަރުން ވެސް ސަރުކާރުގެ ފަރާތުން އެކަން ސާފުކުރައްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ދައުލަތުގެ އިދާރާއަކުން ކުންފުންޏަކަށް ލިބެންޖެހޭ ފައިސާއެއް ވާނަމަ، ދައްކަންޖެހޭ ޓެކުހުން އެ ފައިސާ އަޅައިކެނޑޭނެ (އޮފްސެޓް ކުރެވޭނެ) އިންތިޒާމު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާ މި އުސޫލުން އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފުސީލާއެކު އެ އިދާރާއިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ. ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ މިފަދަ އުސޫލެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް